• 0
  • 1
  • 2
prev
next

ފޮނަދޫ ރައްޔިތުންގެ އިންޖީނުގޭގައިހުރި އިންޖީނުގަ މައްސަލައެއް ޖެހިގެން ރަށުގެ ބޮޑުބަޔަކުނ

News image

ފޮނަދޫ ރައްޔިތުންގެ އިންޖީނުގޭގައި ހުރި އިންޖީނުގެ މައްސަލައެއް ޖެހިގެން ރަށުގެ ބޮޑުބަޔަކުން ދާދި ދެންމެއަކު (0330) ކަންހައިރު ކަރަންޓް ކަނޑާލައިފިއެވެ. އިންޖީނުގެއިން މީހަކު މަޢުލޫމާތު ދިންގޮތުގައި މިހާރުކުރެވެމުންދާ ދަމުނަމާދު ނިމުމުން މުޅި ރަށުން ކަރަންޓް ކަނޑާލާނެއެވެ. އަދި މާދަމާވެސް ކަރަންޓް ދެވޭނެކަމުގެ އުއްމީދު ނެތްތަކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ. ހާރުކެއުމުގެ ވަގުތާއި ދިމާކޮށް ކަރަންޓް ކަނޑާލާފައިވުމުން މިރޭ ގިނަގުނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު މާދަމާވެސް ކަރަންޓް ލިބޭނެ ކަމުގެ އުއްމީދެއް ނެތުމުން މާދަމާގެ ޙާލަތާއިމެދު ބުނާނެ އެއްޗެއްވެސް ނޭގެއެވެ. ރައްޔިތުންނަށް އެއްވެސް އަނގާލުމެއްނެތި ކަރަންޓް ކަނޑާލިތާ 30 މިނެޓްފަހުން ރަށުތެރޭގައި އަޑުގަދަކުރާ ބޭނުންކޮށްގެންވަނީ އިންޖޫނުގެއިން އެނައުންސްމެންޓެއް އިއްވާފައެވެ. މި އެނައުންސްމެންޓްގައި އިންޖީނު ހަލާކުވުމުގެ ސަބަބުން ކަރަންޓް ކަނޑާލީކަމަށް ކިޔާފައިވެއެވެ. ކަރަންޓް ކަނޑާލުމާއި ގުޅިގެން އިންޖީނުގޭ ކައިރިއަށް މީހުން އެ...

އިތުރު ތަފްސީލް
ރޭގެ ވަގުތެއްގައި ލ.ފޮނަދޫ ގެއަކުން ވައްކަން ކުރަން އުޅުނު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ލިޔުނީ :- ލ.ފިކުރު || ތާރީހް :- ބުދަ, 28 ޖުލައި 2010 18:43   

 

ރޭގެ ދަންވަރު 12:30 ހާއިރު ލ.ފޮނަދޫ މެރީރޯޒް ގެގަ މަސް ގެންގުޅުމަށް ހަދާފަ ހުރި ފެންގަނޑަކުން ވަގަށް މަސްނަގަން އުޅުނު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ، މައުލޫމާތު ލިބެގޮތުގައި މިކަމުގައި ބައިވެރިވެފައި ވަނީ ލ.ގަމު މުކުރިމަގު ގްރޫޕްއެކެވެ،

މިމީހުން މަސް ނަގަން އުޅެނިކޮށް ގޭގެ ވެރިމީހާ ނިކުތުމުން އެމީހުން މަސް އަޅަން ގެންގުޅުނު ފުޅި ގޭގެ ވެރިމީހާއާ ދިމާއަށް އެއްލުމަށް ފަހު އެގެއިން ނިކުތް ވަގުތު މަގުމަތީގައި ތިބި ފޮނަދޫ ދެތިންމީހަކު މިމީހުން ފަހައިގަތުމުން ގޮސް ވަލުތެރެއަށް ވަދެ ފިލީއެވެ. މިމައްސަލަ ގޭގެ ވެރިފަރާތުން ޕޮލިސްޓޭސަން އަށް ރިޕޯރޓް ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މިމީހުން ވަނީ ހިފާ ހައްޔަރު ކޮއްފައެވެ، ފުލުހުން ބެލުމުގެ ދަށަށް މިމީހުން ގެންދިޔައީ ލ.ފޮނަދޫ ކުރިގަމް އަވަށާ ދިމާއަށް ވެހިކަލް އެއްގައި ދަނިކޮށެވެ.

ލިޔުން ކިޔާފައިވާ އަދަދު: 134

ކޮމެންޓް (5)

...
މޫސާ ޢަލީ
ވައްކަން ކުރުން އާންމު ވެއްޖެ. ސަރުކާރާއި މައިން ބަފއިންނާއި މުދައްރިސުން ނިދާފަތަ! ޤައުމުގެ ޅަ ޒުވާނުން ހަލާކުވެގެންދާއިރު އަޅާނުލާ ތިބެވޭކަށް ނެތް. އެންމެން ގުޅިގެން މިކަން ހުއްޓުވަންވީ.
×މެން , July 28, 2010
...
0
މީ މިހާރަކަށް އައިސް ވަރަށް ގިނައިން ހިނގާ ދެރަކަމެއް، މިކަން ހުއްޓުވަން އެންމެންގެ އެއްބާރުލުން ބޭނުން.
ކުޑަސޮރު , July 29, 2010
...
އަޙްމަދު ރަޝީދު
މިފަދަ ކަންކަން ކުރިމަތިވުން ކުޑަކުރުމަށްޓަކައި ފޮނަދޫ-ކައްދު ފާލަން ފެށޭ ހިސާބުގައި ޗެކްޕޯސްޓެއް ހަދައި އެތަން ފުލުހުންނާއި ޙަވާލުކުރުމުން އެތަނުގެ ބޭނުމެއް ނުހިފައި ތިބުމުން މިގޮތަށް އަންނަ ގްރޫޕްތަކަށް ވައްކަމާއި މާރާމާރީ ފަދަ ކަންކަން ކުރުމަށް އިތުރަށް ހިތްވަރު ލިބިގެންދާނެއެވެ. އަޅުގަނޑު މި ޗެކްޕޯސްޓްގެ ވާހަކަ މިފާހަގަ ކޮށްލީ އެހައި ބޮޑު ޚަރަދެއްކޮށް އެތަން ހެދީ ރަށުގެ ރައްޔިތުންނާއި އަދި ފުލުހުންގެވެސް އެދުމުގެ މަތިންނެވެ. ނަމަވެސް މިހާރު ފެންނަމުން މިދަނީ ތަން ވީރާނާވެ، ރަމަޟާން މަސް ކައިރިވެފައިވާއިރު ގްރޫޕްތައް ފޮނަދުއަށް އަރައި މިފަދަ ކަންކަން ހިންގާތަނެވެ.
އަޙްމަދު ރަޝީދު , July 30, 2010
...
0
މިކަންކަން ހުއްޓުވޭނީ ސީދާ ވައްކަންކުރާ މީހުން އިސްލާޙްކޮށްގެން. އިސްލާމް ދީނުގެ އަޤީދާ ވަރުގަދަ ކުރަންވީ. ކުށް މަދުކުރަން ދުނިޔަވީ އެކިއެކި ކުރިއެރުންތައް ތަރައްޤީ ކުރާ ވަރުން ކޮށްކޮށް ތިއްބަ ދުނިޔޭގެ ހުރިހާ ގައުމެއްގަވެސް ކުށްކުރުން ވަނީ ހައްތާ އިތުރު. ދީނީ އަޤީދާ ހަރުދަނާ ކުރުމަކީ މާ ފަސޭހަ ޚަރަދުވެސް ކުޑަގޮތެއް.
އިބްނު ޙައްމާދު , July 30, 2010
...
0
މިކަން ހުއްޓުވަން އެރި މީހުން ކޮބާބާ؟ ޕޮލިހުން ބާނުންކޮށްގެން ދިފާއުކުރަން ޖެހޭ ތަކެއަޗާއި މީހުން ދިފާއުކުރަމުން އެދަނީ ކޮންމެހެން ނޫޅޭ މުޖުތަމަޢުގައި ހިގާ ތިފަދަ ނޭއްގާނީ އަމަލުތައް ހުއްޓުވާކަށް . ރަށުގަތިބި ވެރިންވެސް އެމީހުންގެ ވެރިކަން ދިފާއުކުރުމަށް މަސައްކަތްކުރާތަނެއް ނުފެނޭތަ.
ަ
ަ
އަބޫ , July 31, 2010

ކޮމެންޓް ލިޔޭ

ކުޑަ | ބޮޑު

busy
 

NEWS UPDATEޕާކިސްތާނަށް އެހީވުމަށް ފޮނަދޫގައި ބެހެއްޓި ފަންޑުފޮށްޓަށް

ޕާކިސްތާނަށް އެހީވުމަށް ފޮނަދޫގެ ޒުވާނުން އިސްނަގައިގެން މިމަހުގެ 26 ވަނަ ދުވަހު ރަށުގެ ތިން މިސްކިތުގެ ގޯތިތެރޭގައި ބެހެއްޓި ފަންޑުފޮށްޓަށް މިހާތަނަށް ލިބިފައިވާ ފައިސާގެ ތަފްޞީލް ހިމަނާލެވިފައި މިވަނީއެވެ.   މިހާތަނަށް ލިބިފައިވާ ފައިސާގެ ޖުމްލައަކީ 21655 ރުފިޔާއެވެ. މިފޮށިތައް މިމަހުގެ 12 ގެ ނިޔަލަށް ބެހެއްޓުމަށްވަނީ ނިންމާފައެވެ....

އިތުރު ތަފްސީލް
next
prev
Please login to be able to chat.