• 0
  • 1
  • 2
prev
next

ފޮނަދޫ ރައްޔިތުންގެ އިންޖީނުގޭގައިހުރި އިންޖީނުގަ މައްސަލައެއް ޖެހިގެން ރަށުގެ ބޮޑުބަޔަކުނ

News image

ފޮނަދޫ ރައްޔިތުންގެ އިންޖީނުގޭގައި ހުރި އިންޖީނުގެ މައްސަލައެއް ޖެހިގެން ރަށުގެ ބޮޑުބަޔަކުން ދާދި ދެންމެއަކު (0330) ކަންހައިރު ކަރަންޓް ކަނޑާލައިފިއެވެ. އިންޖީނުގެއިން މީހަކު މަޢުލޫމާތު ދިންގޮތުގައި މިހާރުކުރެވެމުންދާ ދަމުނަމާދު ނިމުމުން މުޅި ރަށުން ކަރަންޓް ކަނޑާލާނެއެވެ. އަދި މާދަމާވެސް ކަރަންޓް ދެވޭނެކަމުގެ އުއްމީދު ނެތްތަކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ. ހާރުކެއުމުގެ ވަގުތާއި ދިމާކޮށް ކަރަންޓް ކަނޑާލާފައިވުމުން މިރޭ ގިނަގުނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު މާދަމާވެސް ކަރަންޓް ލިބޭނެ ކަމުގެ އުއްމީދެއް ނެތުމުން މާދަމާގެ ޙާލަތާއިމެދު ބުނާނެ އެއްޗެއްވެސް ނޭގެއެވެ. ރައްޔިތުންނަށް އެއްވެސް އަނގާލުމެއްނެތި ކަރަންޓް ކަނޑާލިތާ 30 މިނެޓްފަހުން ރަށުތެރޭގައި އަޑުގަދަކުރާ ބޭނުންކޮށްގެންވަނީ އިންޖޫނުގެއިން އެނައުންސްމެންޓެއް އިއްވާފައެވެ. މި އެނައުންސްމެންޓްގައި އިންޖީނު ހަލާކުވުމުގެ ސަބަބުން ކަރަންޓް ކަނޑާލީކަމަށް ކިޔާފައިވެއެވެ. ކަރަންޓް ކަނޑާލުމާއި ގުޅިގެން އިންޖީނުގޭ ކައިރިއަށް މީހުން އެ...

އިތުރު ތަފްސީލް
ލ.އެޓޯލް.ކޮމް އަށް މަރުހަބާ
ލިޔުނީ :- އަޒްމީ އަލީ || ތާރީހް :- ބުދަ, 28 ޖުލައި 2010 03:52   

މި ވެބްސައިޓް ފުރަތަމަ ލިޔުން މި ލިޔަނީ ވަރަށް ވެސް ފޮނި އުންމީދު ތަކަކާއި އެކުގައެވެ. މި ވެބްސައިޓަކީ ލ.އަތޮޅުގެ އެންމެހާ ރައްޔިތުންނަށް ވަރަށް ގިނަ ގުނަ ފަސޭހަ ތަކެއް ވެގެން ދާނެ ވެބްސައިޓަކަށް ވާނެ ކަމުގައި އަޅުގަނޑު އުންމީދު ކުރަމެވެ.

މި ވެބްސައިޓް ގެ ލިޔުންތެރިޔަކަށް ވުމުގެ ފުރުސަތު މިވަނީ ލ.އަތޮޅުގެ ހަމަ ކޮންމެ ފަރުދަކަށްމެ ހުޅުވާލެވިފައެވެ، މިކަމަށް ސައުގުވެރިވާ ފަރާތެއްވާނަމަ މި ސައިޓް ގައި ރެޖިސްޓްރީ ވުމުން ލިޔުންތެރިޔަކަށް ވުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ.

މި ވެބްސައިޓަކީ މުޅި ލާމު އަތޮޅަށް ނިސްބަތް ކޮށް ލޯންޗް ކުރެވިފައިވާ ވެބްސައިޓަކަށް ވާތީ، އުންމީދަކީ އަވަސް މުސްތަގްބަލެއްގައި އަތޮޅުގެ ހުރިހާ ރަށަކުން ވެސް ހަބަރު، ފޮޓޯ، ވީޑިއޯ އަދި އެހެނިހެން މައުލޫމާތު ލިބި މި ވެބްސައިޓް މުއްސަނދި ވުމެވެ.

މި ވެބްސައިޓަށް ހަބަރު، ފޮޓޯ، ވީޑިއޯ އަދި އެހެނިހެން ލިޔުން ލިބެމުން ދާ ވަރަކަށް ވެބްސައިޓްގެ ޑިސައިނަށް ބޮޑެތި ބަދަލް ތައްގެނެސް އިތުރު ސަކްސަންތަކާއި ކެޓަގަރީތަކުގެ އިތުރުން ފޮޓޯ ގެލެރީ، ވީޑިއޯ ގެލެރީ އަދި އެހެނިހެން ބައިތައް އިތުރު ކުރަމުން ގެންދާނަމެވެ.

އަދި މިވެބްސައިޓް ކުރިއަށް ގެންދާނެ ގޮތާއިމެދު ނުވަތަ މި ވެބްސައިޓާމެދު އެއްވެސް ފާޑު ކިޔުމެއް ނުވަތަ ހިޔާލެއްވާނަމަ ތިރީގައިވާ ކޮމެންޓް ފޯރމް މެދުވެރިކޮށް ސުއޫރު ފާޅު ކުރުން އެދެމެވެ.

ކިޔުންތެރިން ދެއްވާ ކޮންމެ ހިޔާލަކަށް ނުވަތަ ފާޑު ކިޔުމަކަށް ހެޔޮހިތުން މަރުހަބާ ކިޔަމެވެ.

ސުކުރިއްޔާ

އަޒްމީ އަލީ

އެޑްމިން ޓީމް


ލިޔުން ކިޔާފައިވާ އަދަދު: 61

ކޮމެންޓް (0)

ކޮމެންޓް ލިޔޭ

ކުޑަ | ބޮޑު

busy
 

NEWS UPDATEޕާކިސްތާނަށް އެހީވުމަށް ފޮނަދޫގައި ބެހެއްޓި ފަންޑުފޮށްޓަށް

ޕާކިސްތާނަށް އެހީވުމަށް ފޮނަދޫގެ ޒުވާނުން އިސްނަގައިގެން މިމަހުގެ 26 ވަނަ ދުވަހު ރަށުގެ ތިން މިސްކިތުގެ ގޯތިތެރޭގައި ބެހެއްޓި ފަންޑުފޮށްޓަށް މިހާތަނަށް ލިބިފައިވާ ފައިސާގެ ތަފްޞީލް ހިމަނާލެވިފައި މިވަނީއެވެ.   މިހާތަނަށް ލިބިފައިވާ ފައިސާގެ ޖުމްލައަކީ 21655 ރުފިޔާއެވެ. މިފޮށިތައް މިމަހުގެ 12 ގެ ނިޔަލަށް ބެހެއްޓުމަށްވަނީ ނިންމާފައެވެ....

އިތުރު ތަފްސީލް
next
prev
Please login to be able to chat.