ލ.އެޓޯލް.ކޮމް ބޭނުން ކުރުމުގެ އުސޫލް ތަކާއި ހަމަ ތައް.
ލިޔުނީ :- އަޒްމީ އަލީ || ތާރީހް :- ބުދަ, 28 ޖުލައި 2010 02:14   

 

މަރުހަބާ

ލ.އެޓޯލް.ކޮމް އަށް ޒިޔާރަތް ކުރީތީ ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައި ޝުކުރު އަދާ ކުރަމެވެ. ލ.އެޓޯލް.ކޮމް އަކީ ލ.އަތޮޅުގެ ޒުވާން ކުދިންކޮޅެއް، ލ.އަތޮޅުގެ ތަރައްގީއާއި ހެވާއި ލާބައަށް ހިންގާ ވެބްސައިޓެކެވެ. މި ވެބްސައިޓް ގެލިޔުންތެރިޔަކަށް ވުމުގެ ކުރިން " ލ.އެޓޯލް.ކޮމްގެ ގެ ހަމަތަކާ އުޞޫލް ތައް" ވިދާޅުވެލެއްވުން މުހިއްމު ކަމުގައި ދެކެމެވެ.

ލ.އެޓޯލް.އިންފޯ ހަމަތައް

ތައާރަފް

މިއީ ޚަބަރާއި، ސިޔާސަތާއި، ފޮޓޯ، ވީޑިއޯ، އަދި އެކި ކަހަލަ ލިޔުންތައް އެކުލެވޭނެ ސައިޓެކެވެ. މި ވެބްސައިޓް ގެ ލިޔުންތެރިއަކަށް ވުމުގެ ފުރުޞަތު ވަނީ ޢާންމު ކޮށް ހުޅުވާލެވިފައެވެ.

މަޤްޞަދު:

01. އަތޮޅުގެ ތާޒާ ހަބަރާއި މައުލޫމާތު އިންޓަރނެޓް ޒަރީއާއިން ފޯރު ކޮއްދިނުން.
02.
އަތޮޅުގެ ތިބި ލިޔުންތެރިކަމަށް ސައުގުވެރިވާ ކުދިންނަށް އެފުރުސަތު ފޯރު ކޮއްދިނުން.
03.
އަތޮޅުން ބޭރުގައި އުޅޭ ރަށުގެ ރައްޔިތުންނައް އަތޮޅުގަ ހިނގާ ކަންކަމުގެ މައުލޫމާތު ފޯރު ކޮއްދިނުން.
04.
އަތޮޅުގެ ރައްތަކުގައި އުފެދިފައިވާ ކްލަބް ޖަމްއިއްޔާ ތަކާއި އަދި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން އަތޮޅުގެ ތަރައްގީއާއި ލާބައާއި މަންފާއަށް މަސައްކަތް ކުރުން.

ލިޔުން ޝާއިޢު ކުރުމުގެ އުޞޫލްތައް:

01. ލ.އެޓޯލް.ކޮމް އިން ހުރިހާ ވިސްނުމެއްގެ، ފިކުރެއްގެ ލިޔުންތެރިންގެ ލިޔުންތަކަށް މަރުޙަބާ ކިޔައެވެ. ނަމަވެސް އަޚްލާޤީ ފެންވަރު ދަށް، އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފު ލިޔުން، ޚިޔާލު، ސުވާލު، ޖަވާބު، ފޮޓޯ އަދި ވީޑިއޯ ލ.އެޓޯލް.ކޮމް އިން ނެގުމުގެ ބާރު ލ.އެޓޯލް.ކޮމް އަށް ލިބިގެންވެއެވެ.

02. ލ.އެޓޯލް.ކޮމް ގައި ޝާއިރުކޮށްފައިވާ ތަކެތީގެ (ލިޔުން، ޚިޔާލު، ސުވާލު، ޖަވާބު، ފޮޓޯ އަދި ވީޑިއޯ) ގެ މިލްކުވެރި ފަރާތަކީ އެއެއްޗެއް ލ.އެޓޯލް.ކޮމް އަށް ފޮނުއްވި ފަރާތްކަމުގައި ވެފައި، ލ.އެޓޯލް.ކޮމް ގެ ދައުރަކީ ލ.އެޓޯލް.ކޮމް އަށް ފޮނުވޭ އެއްޗެހިތައް އިންޓަނެޓްގެ ޒަރީޢާއިން އެހެން ފަރާތްތަކަށް ފެންނާނެ ގޮތް ހެދުން ކަމުގައިވާތީ، ލ.އެޓޯލް.ކޮމްގައި ޝާޢިރު ކޮށްފައިވާ ތަކެއްޗަށް ލ.އެޓޯލް.ކޮމް އިން ޒިންމާއެއް ނުވާނެއެވެ.

03. ލ.އެޓޯލް.ކޮމް ގައިވާ އެއްވެސް އެއްޗެއް ނެގުމަށް ބޭނުންވެއްޖެ ޙާލަތެއްގައި ލ.އެޓޯލް.ކޮމް އަށް ކަޑައެޅިފައިވާ އުޞޫލެއްގެ ދަށުން ސަބަބު ބަޔާންކޮށް ފޮނުވުމުގެ ފުރުޞަތު ހުރިހާ ފަރާތަކަށް ލިބިގެންވެއެވެ. ނަމަވެސް އެ އެއްޗެއް ނޭގޭނީ އަޚްލާޤީ ފެންވަރު ދަށް، އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފު ލިޔުމެއްކަމުގައި ވާނަމައެވެ.

04. ލިޔުމެއްގައި ތަފާތު ސިޔާސީ ފިކުރެއް ހާމަ ކޮށްފައި ހުރުމުގެ ސަބަބުން އެލިޔުމެއް ލ.އެޓޯލް.ކޮމް އިން ނުނެގޭނެއެވެ.

ލ.އެޓޯލް.ކޮމް ލިޔުންތެރިޔަކަށް ވާން ބޭނުންނަމަ This e-mail address is being protected from spambots. You need JavaScript enabled to view it This e-mail address is being protected from spambots. You need JavaScript enabled to view it އަށް އީ މެއިލް ފޮނުއްވުން އެދެމެވެ.


ޝުކުރިއްޔާ.....!
28 ޖުލައި 2010

އެޑްމިން ޓީމް

 

ލިޔުން ކިޔާފައިވާ އަދަދު: 124

ކޮމެންޓް (1)

...
0
ވަރައް ރަނގަޅައް ރޫލްސް ތައް އެނގެން އެބަހުރި..
އައްދު , July 28, 2010

ކޮމެންޓް ލިޔޭ

ކުޑަ | ބޮޑު

busy
 
Please login to be able to chat.